ads
ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީއަށް ބޮޑު މޮޅެއް، ހާލަންޑް ހެޓްރިކް ހެދި
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އާއި ބައްދަލުކުރި މެޗުގައި މެންޗެސްޓާ ސިޓީއިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 5-1 އިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ފުލަމްގެ ޓިމް ރީމް ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ނަތަން އާކޭއެވެ. 

ދެވަނަ ހާފުގައި ސިޓީއިން ތިން ލަނޑު ޖެހިއެވެ. މި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑެވެ. މީގެ ތެރެއިން އޭނާ ޖެހި ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. 

ސިޓީއިން ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ޓޮޓެންހަމް އާއި ތިންވަނާގައި އޮތް ވެސްޓް ހޭމްއަށް ލިބެނީ 10 ޕޮއިންޓެވެ. މެޗުން ބަލިވި ފުލަމް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް