ads
އެކްސިޑެންޓުގައި އަނިޔާވި ހަފީޒް /ފޮޓޯ: ޤައުމީ ޔުނިވާސިޓީ
ފަރުވާ އަށްފަހު ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ ހަފީޒު މާލެ އަތުވެއްޖެ
ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒު އިންޑިއާއިން ފަރުވާ ހޯދުމަށް ފަހު އެނބުރި މިރޭ ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިޔާގައި ހަފީޒު ފަރުވާ ހޯދަމުންދަމުން ދިޔައީ މީގެ ދެ މަސް ދުވަސް ދުވަސް ކުރިން ސައިކަލު އެކްސިޑެންޓްގައި ލިބުނު އަނިޔާ އަށް ފަހުވާ ހޯދުމަށެވެ.

ހަފީޒުގެ ހާލު މިހާރު ރަނގަޅެވެ. މާލޭގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ހަފިޒް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، މީގެ ދެ މަސް ދުވަސް ހަފީޒް އިންޑިއާއަށް ފުރުވާލާފައިވަނީ އެއާ އެމްބިއުލާންސެއް ނަގައިގެންނެވެ. 

އޭނާގެ ހާލު އެކްސިޑެންޓުގެ ފަހުން ސީރިއަސް ކަމަށް އާއިލާއާއި އޭރު ބުނެފައިވެއެވެ. 

އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ، ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝަކޫރުއެވެ. އޭނާގެ އުމުރަކީ 22 އަހަރެވެ.
ހަފީޒުގައިގަ ސައިކަލުުން ޖެހުނީ އޭނާ މާބޮޑަށް ޕެނިކް ވެގެން ސައިކަލާއި ދިމާލަށް ދުއްވައިގަތުމުން ކަމަށްބުނެ ސައިކަލު ދުއްވަން އިން ޝަމްޢާން އަބްދުއްޝަކޫރު އޭރު ބުންޏެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޝަމްއާންގެ ފަރާތުން މިހެން ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ޝަރުތުތަކަކާއެކު ޝަމްއާން ބަންދުން ދޫކޮށްލާފަވެއެވެ. އޭނާ ދޫކޮށްލާފައިވަނީ ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް