ads
އޮގަސްޓް މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
އޮގަސްޓް މަހު އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން
ނިމުނު އޮގަސްޓް މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އައިސްފައިވަނީ 151،587 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 28،939 ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 28،939
  • ރަޝިއާ - 17،944
  • އިންޑިއާ - 12،64
  • އިޓަލީ - 10،965
  • އިނގިރޭސިވިލާތް - 10،809

އޮގަސްޓް މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ޗައިނާއިން ކަމަށް ވީނަމަވެސް މުޅި އަހަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާއެވެ. ޗައިނާއަކީ ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް