ads
ޖަރާސީމު އެކުލެވޭ ޗީޒެއް ރާއްޖޭ އެތެރެކުރި، ބޭނުމެއް ނުކުރޭ: އެމްއެފްޑީއޭ
ޖަރާސީމު އެކުލެވޭ ޗީޒް އެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑު ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ "ލިސްޓީރިއާ މޮނޯސައިޓޯޖީންސް" ނަމަކަށްކިޔާ ޖަރާސީމު ފެނިފައިވަނީ ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ޗީޒްއަކުންނެވެ. 

އެއީ ކަމެމްބާރޓް އިސްގްނީ ކަލްވަޑޯސް ނަމަކަށް ކިޔާ ޗީޒެއް ކަމަށެވެ. އަދި ޗީޒްގައި ޖަރާސިމު އެކުލެވޭ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށާއި، އެ ޗީޒުގެ ސަބަބުން ކާބޯތަކެއްޗަށް އޮތް ހިރާސްގެ މިންވަރު ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތީރިޓީން ވަނިީ ބުނެފައެވެ.

އެހެންކަމުން އެ އޮތޯރިޓީީން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސީ ވިލާތުން އެތެރެވެފައިވާ ޗީޒު ނުވިއްކުމަށާއި، ބޭނުން ނުކުރުމަށެވެ. 

އަދި އެފަދަ ޗީޒް ވިއްކާ ނަމަ އެ އޮތީރިޓީ އަށް އެންގުމަށް ވެސް ބުނެފައިވެއެވެ. 

އެގޮތުން އެ އޮތޯރިޓިގެ ނަމްބަރު 3014361 ނުވަތަ 7603204 ފޯނަށް ގުޅުވުއްމަށް ވެސް ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް