ads
ރުއްތިބިރަށް: ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައި
ރުއްތިބިރަށުގައި ރިސޯޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދަނީ
ތ. ރުއްތިބިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރުށްތިބިރަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ އާންމު އުސޫލުން 50 އަހަރަށެވެ. އެ ރަށް ހަވާލުކުރާތާ ތިން އަހަރު ދުވަހުގެ ތެރޭގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ނިންމަން ޖެހެއެވެ.

ރުއްތިބިރަށުގެ ބޮޑުމިނުގައި 8.41 ހެކްޓަރު ހުންނައިރު، އެ ރަށުގައި މަދުވެގެން 100 އެނދު ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ލަފާދެއެވެ. އެ ރަށުގެ ލޭންޑްް އިކުއިޒިޝަން ކޯސްޓަކީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) އެވެ. ރުއްތިބިރަށުގައި ރިސޯޓު ހެދުމަށް ހުށަހަޅާ ފަރާތްތަކުން މާލީ ގާބިލުކުރަން ސާބިތު ކޮށްދިނުމަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ހުރިކަން ދައްކަން ޖެހެއެވެ.

މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރުއްތިބިރަށުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީގެ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމުގައެވެ.

މިއީ ރިސޯޓު ތަރައްގީ ކުރުމަށް މީގެ 13 ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީ ކުރި އިއުލާނުގެ ދަށުން ބީލަމަށް ހުޅުވާލި ތިންވަނަ ރަށެވެ. މީގެ ކުރިން އެ މިނިސްޓްރީން ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ދެ ރަށަކީ ހއ. މެދަފުށި އަދި ށ. ނަލަންދޫއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް