ads
މޯލްޑިވިއަނުން ގެނައި އޭޓީއާރު 72 މަރުކާގެ ދެ ބޯޓު: އޭޓީއާރު 42 މަރުކާގެ ދެ ބޯޓު ގެނައުމަށް ދަނީ މަސައްކަތް ކުރަމުން - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަނުން އޭޓީއާރު ދެ ބޯޓު ގަނެގެން ގެންނަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ގަންނަން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ފްރާންސްގެ އޭޓީއާރް ކުންފުންޏާ އެކު، އޭޓީއާރު 42-600 މަރުކާގެ އާ ދެ ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން އެއް ބޯޓު އަންނަ ޑިސެމްބަރު މަހުގެ ތެރޭގަައި ގެނައުމަށް ނިންމާފައިވާއިރު ދެ ވަނަ ބޯޓު 2025 ވަނަ އަހަރުގެ ތެރޭގައި ގެންނާނެއެވެ. އޭޓީއާރު 42 މަރުކާގެ މި ބޯޓުތަކަކީ 46 ފަސިންޖަރުންގެ ޖާގައިގެ ބޯޓުތަކެކެވެ.

މިދިޔަ ޖުލައި މަހު މޯލްޑިވިއަނަށް އިތުރު ދެ ބޯޓު ގަތުމަށް ނިންމައި އެ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަނީ އެ ކުންފުންޏަށް އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓެނެންސްއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން އެ އެއާލައިނަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެސް އޮޕަރޭޝަނަށް ވަނީ ނެރެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް