ads
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް.....
ސިޓީއެއްގެ ދަރަޖަ ލިބުނީމަވެސް އަތްޖަހަން ތިބެންވީތޯ ނާޒިމްގެ ސުވާލެއް ތިނަދޫ ރައްޔިތުނަށް
ސިޓީއެއްގެ ދަރަޖަ ލިބުނީމަވެސް އަތްޖަހަން ތިބެންވީތޯ ވިދާޅުވެ، ނާޒިމްގެ ސުވާލެއް ތިނަދޫ ރައްޔިތުނަށް އަމާޒު ކޮށްފިއެވެ.
Advertisement

ނާޒިމް މިހެން ވިދާޅުވީ ތިނަދޫ ސިޓީއަށް ވަޑައިގެން އެބޭފުޅާގެ ކެމްޕެއިން ޖަލްސާ ދެއްކެވި ވާހަކަފުޅުގައެވެ. ނާޒިމް ވިދާޅުވީ ވެރިން ވަޑައިގެން ދައްކަވާހާ ވާހަކައަކަށް އަތް ޖަހަން ތިބޭ ކަމުގައިވަންޏާ ދުވަހަކުވެސް ރަނގަޅު ގޮތެއް ނުވާނެ ކަމަށެވެ. 

ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވަނީ 29 އޮގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ތިނަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ. ނާޒިމްގެ ވާހަކަ އަމާޒުވެފައިވަނީ މި ކަމާއި ގުޅިގެންނެވެ.

އަދި ތިނަދޫ އަށް އައިސްފައިވާ ތަރަައްގީ އާއި ގުޅުވައިގެންވެސްމެވެ. ނާޒިމް ވިދާޅުވީ މީގެ ކުރިންވެސް ތިނަދޫ އަށް ވަރަށް ގިނަފަހަރު ދެވިއްޖެ ކަމަށާއި، މިފަހަރު ޖަލްސާ އަށް ތިނަދޫ އަށް ދެވުނުއިރު ތިނަދޫވަނީ ސިޓީ އަކަށް ބަދަލުވެފައި ކަމަށެވެ. 

އެހެންކަމުން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ކޮންމެފަހަރަކު ކުލަތަކެއް ނިސްބަތްވާ ގޮތަށް ވެރިކަންތައް ބަދަލުވެ ދައްކަވާހާ ވާހަކަތަކަށް ރައްޔިތުން އަތް ޖަހަން ތިބޭ ކަމުގައިވާނަމަ ދުވަހަކުވެސް ރަނގަޅު ގޮތެއް ނުފެންނާނެ ކަަމަށެވެ.

"މި ސަހަރައްދަކީ މުއްސަދިކަން އޮތް ސަރަހައްދެއް. އެހެންނަމަވެސް މި ސަރަހައްދުގެ މުއްސަދިކަން ރައްޔިތުންނަށް ސަރުކާރުތަކުން ދޭން ބޭނުމެއްނުވޭ. ދަތުރުފަތުރު ކުރުމަކީ ދުނިޔޭގެ އިގްތިސޯދީ ގޮތުން އެންމެ ބާރުވެރި ކުރުވާކަން. މިތާ މިއޮތް ކާޑެއްދޫ އެއާޕޯޓުން މިހާރުވެސް ފެންނަނީ އެއާޕޯޓްގެ އަށިމައްޗަަށް ލަގެޖު އެއްލާލާތަން. ގާޑިޔަލަކަށް ލާގައިގެން ދަމާތަން. ނުކުންނަ އިރު ފާހާނާއެެއް ނެތި ހުންނަން ޖެހުން." -ނާޒިމް-

ނާޒިމް ވިދާޅުވީ މި ކަންތައް ތަރައްގީގެ ގޮތުގައި ބަލަންތިބެގެން ނިންމަނީތޯ، އެއީ ސުވާލު އުފެއްދޭ ކަމެއް ކަމަށެވެ. ނަމަވެސް އެކަންތައްތަކަށް ހައްލެއް ތިމަންމަނިކުފާނުގެ ވެރި ކަމެއްގައި ގެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ކާޑެއްދޫ އެއާޕޯޓް އަމިއްލަ މީހެއްގެ އަތުގައި އޮތުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް އެއާޕޯޓަށްކަށް ހަދައިދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތިރުން ނާޒިމް ވިދާޅުވީ އެއާޕޯޓެއް އޮތުމަކުން ތަރައްގީއެއް ނާއަންނާނެ ކަމަށާއި، ޓޫރިޒަމް ތައާރަފް ކޮށް ސިޓީ ހޮޓާ އަޅާ އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތްވެސް ހަނދާދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް