ads
އަނިލް ޝަރުމާ
ގަދަރު 2 ގެ ޑައިރެކްޓަރު ދުވަހަކުވެސް ޝާހުރުކް ހާން އާއެކު މަސައްކަތެއް ނުކުރޭ
ސަނީ ޑިއޯލް އެންމެ ފަހުން ކުޅުނު ހިޓް ފިލްމު "ގަދަރު 2" ގެ ޑައިރެކްޓަރު އަނިލް ޝަރުމާ ދުވަހަކުވެސް ޝާހުރުކް ހާން އާއެކު މަސައްކަތް ނުކުރާކަމަށް ބުނެފިއެވެ.
Advertisement

އަނިލް ބުނީ އޭނާ ދުވަހަކުވެސް ޝާހުރުކް ހާންއާއެކު މަސައްކަތް ނުކުރެވި އޮތީ އޭނާ އަށް ފުރުސަތު ނުލިބޭތީކަމަށެވެ. 

"ޝަހުރުކް ހާން އަކީ ވަރަށް މަޝްހޫރު އެކްޓަރެެއް. އޭނާއާއެކު މަސައްކަތް ކުރަން އެތައް ބަޔަކު އެބަތިބި. އެހެންކަމުން އަހަރެން އިންތިޒާރު ކުރާކަމެއް ނޫން ޝާހުއާއެކު މަސައްކަތް ކުރުމަކީ،" ޝާހުއާއެކު މަސައްކަތް ނުކުރެވުނު ސަބަބު ކިޔައި ދެމުން ޑައިރެކްޓަރު ބުންޏެވެ. 

your imageޝާހުރުކް ހާން

ޝާހުރުކް ހާން އާއި ސަނީ ޑިއޯލް އަކީ ކުރިން ވަރަށް ވަރުގަދަ ދެ ވާދަވެރިންނެވެ. ޝާހުރުކް ހާން ތިން އަހަަރު ދުވަހުގެ ބްރޭކަކަށް ފަހު މިއަހަރު ޖެނުއަރީ މަހު ނެރުނު 'ޕަތާން' ގެ އެތައް ރެކޯޑެއް ސަނީޑިއޯލް އެންމެ ފަހުން އަނިލް ޝަރުމާ ޑައިރެކްޓުކުރި 'ގަދަރު 2' އިން ވަނީ މުގުރާލާފައެވެ. 

your imageސަނީ ޑިއޯލް…

'ގަދަރު 2' މިދިޔަ އޮގަސްޓު މަހު ނެރިގެން ލިބެމުން އަންނަ ބޮޑު ކާމިޔާބީއަކީ ސަނީ ޑިއޯލް އަށްވެސް އޭނާގެ ފިލްމީ ހަޔާތުގަ ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މި ފިލްމު ސަނީ ކުޅެފައިވަނީ ބޮޑު ބްރޭކަކަށްފަހުއެވެ. 


67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް