ads
ނެއްލައިދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ނެއްލައިދޫ ފެނަކަ އާ އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި
ހދ. ނެއްލައިދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ނެއްލައިދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ހދ. އަތޮަޅުގެ ރަށްތަކަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ މެންދުރުފަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނެއްލައިދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 32 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 22 އަހަރުވެފައިވާ ކަމަށެވެ.

your imageނެއްލައިދޫގެ 22 އަހަރުވީ ބާ އިންޖީނުގެ - ފޮޓޯ:ފެނަކަ

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 3،240 އަކަފޫޓުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި ނެއްލައިދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 4،234 އަކަފޫޓުގެ އިމާރާތެއް ކަމުގައެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ކޮންޓްރޯލް ރޫމަކާ އަދި ޑެގް ރޫމެއް އެކަނި ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި އިންޖީން ރޫމަކާއި ޗިމްނީއަކާއި ސްޓޯރަކާއި ޕޭންޓްރީއަކާއި ފާހާނައެއްގެ އިތުރުން ވޯކް ޝޮޕެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageނެއްލައިދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އަލަށް ހުޅުވުނު އިންޖީނުގެ ހުންނާނީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

ނެއްލައިދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 240 ކިލޯވޮޓުން 980 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް