އަންނަ ހޮނިހިރު ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެނަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެއަތޮޅު ގައްދުއަށް ވަޑައިގެން ގައްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ނާޒިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގައްދޫ ފަޅުތެރޭގައި އޮތް މާވާރާލު އެއަޕޯޓާއި ގައްދޫގެ އިގްތިސާދާއި ގުޅާލައިގެން މެނުވީ ގައްދޫ އަށް ތަރައްގީ ގެނުވޭނެކަމަށް ދެކިވަޑައި ނުގަންނަވާކަމަށާއި، އެހެންކަމުންމ ވެރިކަން ލިބިވަޑައިގެންފިނަމަ، އެކަން ކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން މާވަރުލު އެއަރޕޯޓަށް ޖައްސާ ފްލައިޓުގެ ޢަދަދު އިތުރު ކުރާނެކަމަށާއި، އެ ރަށުގައި ސިޓީ ހޮޓަލެއްވެސް އަޅާދެއއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ އާއި ބްރިޖުން ގުޅާލުމަށް ފަހު ވަރުގަދަ އާބަން ސެންޓަރަކަށް ހަދާނެ ކަމަށެވެ. ގައްދުއަކީ އެ ވަރުގެ ބޮޑު އާބާދީއެއް އޮތް ތަނެއް ކަމަށާއި މީހުން ގިނައިން ތަނެއްގައި އުޅޭ ނަމަ ތަރައްގީ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
މާލެ ނޫން ސަރަހައްދުތައް މީހުން އާބާދުކޮށް، ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ހަދަން ނިންމާފައި ވަނީ އެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
އާބަން ސެންޓަރެއްގެ ގޮތަށް ގައްދޫ ތަރައްގީ ކުރާއިރު، އިތުރަށް ބިން ހިއްކައި ޒުވާނުންނަށް ގޯތި ދޫކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ހިދުމަތްތައް ވެސް ފުޅާކޮށް ފެންވަރު ރަނގަޅު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް، ގައްދުއާއި މާވަރުލު ގުޅާލުމާއިއެކު، މާވަރުލުގައި ތެޔޮ ރައްކާކުރެވޭނެ ކާރުޚާނާއަކާއި، ގައްދޫގައި ގިނަ ދުވަހަށް މަސް ބަނދުކޮށްފައި ބެހެއްޓޭނެހެން ކާރުޚާނާއެއް ޤާއިމްކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާއަށް އަލިއަޅުވާލަމުން ނާޒިމް ވަނީ ގައްދޫގައި ޖޫނިއަރ ކޮލެޖެއް އަޅާދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ ސިނާއަތައް ގައްދޫގައި ފުޅާކުރުމަކީ ވެސް ނާޒިމްގެ ޕްލޭންގައި ހިމެނޭ ކަމެއްކަމަށް ވިދާޅުވަމުން ނާޒިމް ވަނީ ގައްދުއާ ޖެހިގެން އޮންނަ ގަން، އޭނާގެ ސަރުކާރެއްގައި ގައްދޫގެ މީހުންނާ ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ތަނުން އިގުތިސޯދީ ނަފާ ގައްދޫގެ މީހުންނަށް ހޯދޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ އެއްމެ ފަހު ހަރަކާތްތައް ކުރިއަށް ދާއިރު، ހުރިހާ ކެނޑިޑޭޓުންގެ ފަރާތުންވެސް، މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ އިތުރަށް ވަކި ވަކި ރަށްރަށަށް ވަޑައިގެން އެރަށްރަށަށްވެސް ބޮޑެތި ވައުދުތަކެއް ވެލައްވާކަން ފާހަގަކުރެވެއެވެ.