ads
އެމްޑީޕީން ބޭއްވި ކެމްޕޭނު އިވެންޓެއްގަ މާރިޔާ ވާހަކަ ދައްކަވަނީ
ނިކަން ތަދުވާގޮތަކަށް ބިޗޫ ދަތް އަޅާފާނެ: މާރިޔާ
ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަކީ ކުރިން ވެސް އެސްއޯ ފުލުހުން ބޭނުންކުރައްވައިގެން އެމްޑީޕީ ސަރުކާރުން ދޫކޮށްފައި ހުރި ގޯއްޗާއި ފްލެޓް އަތުލައްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުވެ، މާރިޔާ ބައިތެއް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ސޯޝަލް މީޑިއާގައި މާރިޔާ ވިދާޅުވެފައިވަނީ މި ސަރުކާރުން ދިން ގޯއްޗާއި ފްލެޓް މިލްކު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭންޖެހޭކަމަށެވެ. 

"ޕީއެންސީ މުއިއްޒު އެސްއޯ ފުލުހުން އަރުވާ ގޯތި ފްލެޓް ކުރިން އަތިލި ގޮތައް ގަދަކަމުން އަތުލަމުގެ ބިރު އެބައޮތް. ނަމަނަމަ ކުޑަ ދަރިފުޅާ އޭ، އަތްނުލާށޭ ފާރުގާ، ހަމަ ނިކަން ތަދުވާގޮތެއްގާ ދަތް އަޅާފާނޭ ބިޗޫ،" މާރިޔާ މިއަދު ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަކިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންގެތެރެއިން ޝަތުރުހަމަނާ އެންމެނަށް ގޯތި އަދި ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިންގާ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯތީގެ އިތުރުން އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވިއިރު ލިބިފައިވަނީ 800 ޝަކުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުން ބުނި ގޮތުގައި ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހަމަވިއިރު، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމް ކަމަށާއި އެއީ 19،858 މީހުންނެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި 6،200 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. 
'ގެދޮރުވެރިޔާ ސްކީމް' ގެ ދަށުން އެފްޑީސީގެ ފަރާތުން އިމާރާތް ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅުގަައި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް