ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް---ފޮޓޯ: ވަން އޮންލައިން
ފައިނޭންޝަލް ޕެކޭޖުގެ ކޮންޑިޝަނަކީ ވަޒީފާ ރައްކާކުރުން: ފައްޔާޒް
ސަރުކާރުން މިއަދު އިއުލާން ކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރެއިން ލޯނު ލިބޭނީ ދިވެހިންގެ ވަޒީފާތައް ރައްކާ ކުރުމަށް އެއްބަސްވާ ފަރާތްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިވެފައި ވާތީ އަލުން އިގްތިސާދު ރަނގަޅު ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކަށް ހާއްސަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. 

އޭގެ ބޭނުމަކީ ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް "ވޯކިން ކެޕިޓަލް" ހޯދައިދިނުމަށް ޖުމްލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމެވެ. 

ލޯނު ދޫކުރުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތައް ހީނަރުވެ ދިވެހިންގެ ވަޒީފާ ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓާގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުސަތުތައް ނައްތާލުމެވެ. 

އެކަމާ ގުޅިގެން ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ފައިނޭންޝަލް ޕެކޭޖުގެ ކޮންޑިޝަނަކީ ދިވެހިންގެ ވަޒީފާތައް ރައްކާކުރުން ކަމަށެވެ. 

"މި ފައިނޭންޝަލް ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކަށް ލޯނު ލިބޭނީ ދިވެހިންގެ ވަޒީފާތައް ރައްކާކުރުމަށް އެއްބަސްވާ ނަމަ،" ފައްޔޡް ވިދާޅުވި އެވެ. 

އޭގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ އާންމުންގެ ވަޒީފާތައް ރައްކާކޮށްދެވިއްޖެ ނަމަ ކޮންޒަމްޕްޝަނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. 

އެހެންކަމުން ވިޔަފާރިތަކުން އެކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް