ads
ރުބިއަލެސް އާއި ޖޯޖް ވިލްޑާ
ސްޕެއިންގެ ކޯޗު، މަގާމުން ވަކިކޮށްފި
ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ޖޯޖް ވިލްޑާ މަގާމުން ވަކިކޮށްފިއެވެ.

ޖޯޖް މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ރުބިއަލެސްގެ އަމަލުތަކަށް އޭނާ ތާއީދު ކުރާތީއެވެ. ޖޯޖް ވަނީ ރުބިއަލެސް އިސްތިއުފާ ނުދޭނެ ކަމަށް ބުނުމުން އެކަމަށްވެސް ތަރުހީބު ދީފައެވެ. 

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އަންހެނުންގެ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރުމުގެ ތެރެއިން ރުބިއަލެސް، އެޓީމުގެ އަންހެން ކުޅުންތެރިއެއްގެ ތުންފަތަށް ބޮސް ދިނުމުންނެވެ. މިކަމާއި ދެކޮޅަށް ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ނުކުމެފައެވެ.

ރުބިއަލެސްގެ މި މައްސަލަ ބެލުމަށްފަހު ފީފާއިން ވަނީ އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. މިވަގުތު ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަވާލުވެހުރީ އެސޯސިއޭޝަންގެ ނައިބު ރައީސް ޕެޑްރޯ ރޯޗާއެވެ. 

ރުބިއަލެސްގެ މި އަމަލާއި ގުޅިގެން ސްޕެއިންގެ 81 ކުޅުންތެރިން ވަނީ ރުބިއަލެސް މަގާމުގައި ހުރިހާ ހިނދަކު ޓީމަށް ނުކުޅެން ނިންމާފައެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ތަށި މިފަހަރު ނެގި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ހިމެނެއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް