ads
ފަޔާ އެންޑް ރެސްކިއު އިން ހިޔާ ފްލެޓްތައް ކައިރީ ހަރަކާތްތެރިވަނީ: ފައިލް ފޮޓޯ
މާލޭގަ ހުޅުޖެހި ކަމުގެ ތުހުމަތުގަ ދެ މީހަކު ހައްޔަރުކޮށްފި
މާލޭގަ މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެެވެ.

މި ދެ މީހުން ހައްޔަރުކުރި ނަމަވެސް އަދި އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ހައްޔަރުކުރީ ޝީ ބިލްޑިންގް ކައިރީގައި ހުރި ގުދަނެކަހަލަ ތަނެއްގައި ހުޅުޖެހިކަމުގެ ތުހުމަތުގައެވެ. 

ސިފައިން ބުނީ މިއަދު ހެނދުނު އަލިފާން ހިފާފަވަނީ މ. ހައުސް ޕްލާޒާ ކިޔާ ގެއެއްގައި ހުރި ގުދަނެއްގަ ކަމަށެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފަވާއިރު، އެއްވެސް މީހަކަށް އަލިފާން ހިފުމުގެ ސަބަބުން އަނިޔާވެފައެއް ނުވެއެވެ. 

ރޭ ފަތިހު ވަނީ މާލޭ ފިހާރައެއްގަ ވެސް އެއްކޮށް ރޯވެ އަނދާ ހުލިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް