ads
ހިމަބިހި
އަނެެއްކާ ވެސް ހިމަބިހިޖެހިފަވާ މީހެއްފެނި، ކޮންޓެކްޓްވި މީހުން ހޯދަނީ
ހިމަބިހި ޖެހިފަވާ މީހެއް އަނެއްކާވެސް ފެނިފައިވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން ) ބުނެފިއެވެ.

ހިމަބިިީގެ ކޭސް ފެނިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށް އެޗްޕިއޭއިން ވަނީ ބުނެފައެވެ.

''މިހާރު ކޮންޓެކްޓް ޓްރޭސިންގް ކުރިއަށް ގެންދަނީ. މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދެވޭނެ" އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެޗްޕިއޭއިން ބުނެއެވެ.

އެންމެފަހުން ރާއްޖެއިން ހިމަބިހީގެ ކޭސް އެއް ފެނިފައިވަނީ މި ނިމުނުމަހުގެ ފަސް ވަނަ ދުވަހުގައެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މި ފަހުން ދޭތެރެދޭރެއިން ރާއްޖެއިން މި ބަލި އަންނަނީ ފެންނަމުންނެވެ. އެގޮތުން އޭޕްރީލް މަހުގައިވެސް އައްޑޫއިން މި ބަލި ޖެހިފައިވާ ކުއްޖަކު ފެނިފައިވެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:

1.  ހުންއައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުން

2.  ކެއްސުން،

3. ނޭފަތުން އަރިދަފުސް ފޭބުން

4. ލޯ ރަތްވުން 

އެޗްޕީއޭއިން އިލްތިމާސް ކުރަނީ މިފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް