ads
ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބް
ފަސް އަހަރު ތެރޭ ތިބޭފުޅުންގެ އާމްދަނީ ފަސް ގުނަ ކުރާނަން: އިލްޔާސް ލަބީބު
ޑިމޮކްރެޓްސް ގެ ވެރިކަމެއްގަ ފަސް އަހަރުތެރޭ ރައްޔިތުންގެ އާމްދަނީ ފަސްގުނަ ކުރާނެ ކަމަށް ޑިމޮކްރޭޓްސް ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހުޅުދޫ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އިލްޔާސް ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބުމަށްފަހު ވެރިކަމުން ފައިބައިގެންދާނީ ރައްޔިތުންގެ އާމްދަނީ ފަސްގުނަ ކުރުމަށްފަހު ކަމަށެވެ. 

"އަޅުގަނޑު އަންނާނީ މި މަސައްކަތް ކުރަން. މީ މާގިނަދުވަހަކުން ކުރާނެ ކަމެއް ނޫން ފަސްއަހަރުން ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނެންނަށް މިކަން ކުރެވޭނެ،" -އިލްޔާސް-

އިލްޔާސް ވިދާޅުވީ ދައުލަތުގެ އާމްދަނީ ހަތަ ބިލިއަނުން ތިރީސް ބިލިއަނަށް ފާއިތުވި ދުވަސްތަކުގައި އަރާފައިވާއިރު، ރައްޔިތުންގެ އާމްދަނީ އިތުރުވެފައިވަނީ ކިހާވަރެއްތޯ އެއީ ރައްޔިތުން މިއަދު އުފައްދަން ޖެހޭ ސުވާލެއް ކަމަށެވެ.

މިކަމަކީ އަމިއްލަ ނަފްސަށް ވިސްނާލަންޖެހޭ ކަމެއް ކަމަށާއި، ދައުލަތުގެ އާމަދަނީ ފަސްގުނަ އިތުރުވިއިރު، ރައްޔިތުން ތިބީ ނިކަމެތި ކަންމަތީގަ ކަމަަށެވެ.

ރައްޔިތުންގެ ފަރުދީ ތަނަވަސްކަން އިތުރު ކުރަންޖެހޭ ކަމަށާއި، ރައްޔިތުމީހާގެ ޖީބަށް އިތުރުވާން ޖެހޭ އަދަދު ބޮޑުވާން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ރައްޔިތުންނަށް އާސަންދައިގެ ތެރޭންވެސް ލުއި ގޮތެއް މިއަދު ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ކޮންމެވެސް ބޮޑު މީހަކަށް ގުޅައިގެން އެކަން ކުރާތަން ކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެމަނިކުފާނުގެ ވެރިަކަމެއްގާއި އާސަންދަ ނުލިބިގެން އުޅެންވެސް ނުޖެހޭނެ ކަމަށާއި، މާލެ އަންނަ ހިސާބަކުން ބޭނުން ޑޮކްޓަރަކަށް ދައްކާލެވޭނެ ގޮތް ހަދާދެވޭނެ ކަމަށެވެ. އަދި މިކަމަށް މީހަކަށް ގުޅަން ނުޖެހޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން އަމިއްލަ ރަށުން ނުވެގެން މާލެ އަންނަ ހިސާބުން އަވައްޓެރި ގައުމަކަށް ފޮނުވާލެވޭ ގޮތް ވެސް އެ މަނިކުފާނުގެ ވެރިކަމެއްގާއި ހަދާދެވޭވެނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި އައްޑޫގެ ހުރި ކަންބޮޑުވުނަތައް ވެސް އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

"އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލް އެބަހުރި. އެ ހޮސްޕިޓަލް ތާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގާ ހެދުމަށް އަބަދުވެސް ދައްކަނީ ވާހަކަ. އެކަމަކު އެތަނުން ހިދުމަތެއް ނުލިބޭ،" -އިލްޔާސް-

އިލްޔާސް ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ގެނެވޭނީ އެމަނިކުފާނަށް ކަމަށާއި، އަދި ޖީބު ބޮޑުކޮށްދެވޭނީ ވެސް އެމަނިކުފާނަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެެރިކަމެއްގައި އެކަންތައްތައް ހައްލު ކޮށްދެއްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް