ads
މިއަދު އިންޑިއާގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ފައިލް ފޮޓޯ
އާއްމުކޮށްގެން އުޅޭ ސިޓީ އަކީ ފޭކް އެއް
މިއަދުގެ ވަގުތެއްގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު، ޑރ.ޖަޔަޝަންކަރު ސޮއި ކުރައްވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސްކޮށްފަވާ ސިޓީ އަކީ "ފޭކް" ސިޓީ އެއްކަމަށް، މިނިސްޓާ އޮފް ސްޓޭޓް ފޯ ފައިނޭންސް އަނަސް އަބްދުލް ސައްތާރުއާއި، ފޮރިން މިނިސްޓްރީން އަދި އިންޑިއާ ހައިކޮމިޝަނުން ބުނެފިއެެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުވެސް އަދާކުރައްވާ އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް ބަޔަކު ހަދައިގެން އުޅޭ "ފޭކް" ސިޓީ އެއް ކަމަށެވެ.

މިއަދު އާއްމުކޮށްފައިވާ ސިޓީގަ ބުނެފައިވާ ގޮތުން، އުތުރު ތިލަފަޅު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާ، އެގޮތުން އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު 4 ތާރީހެއްގައި ސޮއިކޮށްފައިވާ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލައިން އޮފް ކްރެޑިޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމުގައިވެސް އެ ސިޓީގައި ބުނެފައިވެއެވެ. 

your imageއަނަސް އަބްދުއްސައްތާރު

މީގެ އިތުރުން ރާއްޖެއަށް އެއް އަންމޭންޑް އެއިރިއަލް ވެހިކަލް ނުވަތަ ޑްރޯނެއް ދިނުމަށް އިންޑިއާއިން ރާއްޖެއާއެކު އެއްބަސްވެފައިވާކަމަށާއި، ޑްރޯނުގެ އިތުރަށް އިތުރު 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމުގައިވެސް މި ސިޓީގައި ބުނެފައިވެއެވެ.

އަދި ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރަންވާނެ ކަމަށްވެސް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ސިޓީ އާއި ބެހޭގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބަހެއް ހޯދާލުމަށް ސީއެންއެމް އިން މަސައްކަތް ކުރިނަމަވެސް، ހަބަރު ޝާއިއުކުރުމާއި ހަމައަށް، ފޮރިން މިނިސްޓްރީގެ ފަރާތުން ރަސްމީ ކޮމެންޓްއެއް ލިބިފައެއް ނުވެއެވެ.

your imageޑރ.ޖަޔަޝަންކަރުގެ ފަރާތުން ދިވެހި ސަރުކާރަށް މީގެ ކުރިން ފޮނުވާފައިވާ އަސްލު ސިޓީ އެއް

އެހެންނަމަވެސް، ސަރުކާރުގެ ފޮރިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ނަންނުޖެހުމަށް ޝަރުތުކޮށް، ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސްމީ ހައިސިއްޔަތުން އެއްގައުމުން އަނެއްގައުމަށް ފޮނުވާ މިފަދަ ލިޔުންތަކުގައި، ސްޕެލިންގް މިސްޓޭކްސް ފަދަ އެއްވެސް ކަމެއް ނުހުންނާނެކަމަށާއި، އެހެންނަމަވެސް، ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ސިޓީގައި ފާހަގަކޮށްލެވޭ ސްޕެލިންގް މިސްޓޭކްސްތަކެއް ފެންނަން އެބަހުރިކަމަށެވެ. މިސާލެއްގެ ގޮތުން ސިޓީގެ ފުރަތަމަ ޕެރެގްރާފްގައި ލިޔެފައިވާ "އޭރިއަލް" ލިޔެފައިވަނީ ނުބައިކޮށް ކަމަށާއި، އަދި "އެގްރީމެންޓްސް" ގެ ބަދަލުގައި އެގްރީމެންޓް ފަދަ ލަފްޒުތައް ބޭނުންކުރުމުގެ އިތުރުން، ރަސްމީ ލިޔެކިޔުންތަކުގައި "އޭމް އޮނާޑް" ފަދަ ލަފްޒްތައް ބޭނުންނުކުރާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

your imageޑރ.ޖަޔަޝަންކަރުގެ ފަރާތުން ދިވެހި ސަރުކާރަށް މީގެ ކުރިން ފޮނުވާފައިވާ އަސްލު ސިޓީ އެއް

މީގެ އިތުރުން، ސީއެންއެމްއަށް ލިބިފައިވާ ޑރ.ޖަޔަޝަންކަރު ސޮއި ކުރައްވާފައިވާ ރަސްމީ ސިޓީތަކުގައި ބޭނުންކޮށްފައިވާ ފޮންޓްއާއި، އާއްމުވެގެން އުޅޭ ސިޓީގައި ބަޔާންކޮށްފައިވާ ފޮންޓްވެސް ތަފާތުކަން ފާހަގަ ކުރެވެއެވެ. އަދި އާއްމުކޮށްފައިވާ ސިޓީގައި ޕެރެގްރާފް ވަކިކުރަން ނަމްބަރު ބޭނުންކޮށްފަވީ ނަމަވެސް، މީގެ ކުރިން ޑރ.ޖަޔަޝަންކަރުގެ ފަރާތުން ދިވެހި ސަރުކާރަށް އެޑްރެސް ކޮށް ފޮނުއްވާފައި ހުރި ސިޓީ ތަކުގައި ނަމްބަރ ބޭނުންކޮށްފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގަ ހުންނަ އިންޑިއާގެ ހައިކޮމިޝަނުންވެސް ވަނީ މިއީ އެއްވެސް އަސްލެއް ނެތް "ފޭކް" ސިޓީ އެއްކަމަށް ބުނެ، ޓްވިޓަ މެދުވެރިކޮށް މެސެޖެއް އާއްމުކޮށްފައެވެ. މި މެސެޖްގައި އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ މިއީ އެއްވެސް އަސްލެއް ނެތް ފޭކު ސިޓީ އެއްކަމަށާއި، މިފަދަ އަސްލެއްނެތް އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް ހުރަސްއެޅޭފަދަ އަމަލުތައް އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މިފަދަ ދޮގު ހަބަރުތައް ފަތުރަމުންދާތީވެ، އެމައްސަލަ ބަލައިދިނުމަށް، ދިވެިރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެދޭކަމަށްވެސް އިންޑިއަން ހައިކޮމިޝަނުގެ މެސެޖުގައި ބުނެފައވެއެވެ.

މި ސިޓީ އަކީ އަސްލު ސިޓީއެއް ނޫންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް