ads
މެސީ އާއި އޭނާގެ ބޮޑީގާޑް
މެސީގެ ބޮޑީގާޑުގެ މުސާރަ އަހަރަކު 73،000 ޑޮލަރަށްވުރެ ބޮޑު
ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބޮޑިގާޑަށް އަހަރަކު 73،000 ޑޮލަރަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެސީގެ ބޮޑީގާޑުގެ ހަލުވި ކަމާއި، ހުޝިޔާރު ކަމުގެ އިތުރުން އޭނާގެ ކުޅަދާނަކަން ފެނި ގިނަ ބައެއްގެ ލޯތައް ވަނީ މި ފަހުން އޭނާއަށް އަމާޒުވެފައެވެ. މިއާއެކު ގިނަ ބައެއް ވަނީ އެހާ ޝައުގުވެރިކަމާއެކު އޭނާ އެމަސައްކަތް ކުރަނީ ކިހާ ވަރެއްގެ އަގަކަށްތޯ ސުވާލު އުފައްދާފައެވެ. 

ސެލެރީ ޑޮޓް ކޮމްއިން ދައްކާ ގޮތުގައި އެމެރިކާގެ ބޮޑީ ގާޑަކަށް އަހަރެއްގެ މައްޗަށް 64،000 އާއި 84،000 އާއި ދެމެދުގެ ބޮޑު މުސާރައެއް ލިބެއެވެ. މީގެ މެދު މިންގަނޑަށް ބަލާނަމަ އެއީ 73،000 ޑޮލަރެވެ. މަހެއްގެ މައްޗަށް އެއީ 5،600 ޑޮލަރެވެ. 

ރިޕޯޓުތައް ބުނާ ގޮތުން މެސީ އެދިފައިވަނީ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އޭނާއަށް ދިނުމަށެވެ. އެހެންކަމަށް ވާނަމަ އެއީ 84،000 ޑޮލަރެވެ. އަދި އިތުރު ޝަރުތުތަކާއެކު މި އަދަދު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. 

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަގީނުންވެސް މެސީގެ ބޮޑީގާޑަށް އަހަރަކު 73،000 ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް