މިއީ ގއ. ކަނޑުހުޅުދޫގައި 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެ ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީގެ ކޭސްއެވެ. ޖަލުގައި މިއަދު ހަސަންދީދީ މަރުވިއިރު އޭނާގެ އުމުރަކީ 85 އަހަރެވެ.
ހަސަން ދީދީ މިއަދު މަރުވީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ހިތް ހުއްޓިގެންނެވެ. އޭނާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ޖަލުގައިވެސް ހިނގާ ނޫޅެވޭތީ އެނދުމަތިވެފައި އޮންނަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ޙަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒު ރަމުންދިޔަ މީހެކެވެ.