ads
ބިއޯންޑުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ވަނީ ހުޅުވާލާފައި - ފޮޓޯ:ފްލައި ބިއޯންޑް
ބިއޯންޑުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭގައި ވައިގެ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އެއާލައިން، 'ބިއޯންޑް' އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ އެންމެ މަތީ ފެންވަރުގެ މި އެެއާލައިނުން އިއުލާނުކޮށްފައިވަނީ ޕައިލެޓުންނާއި ކެބިން ކްރޫ އަދި ގްރައުންޑް ސްޓާފުންގެ މަގާމުތަކަށް ދިވެހިން ހޯދުމަށެވެ. އެހެންނަމަވެސް އެ މަގާމުތަކަށް ހޯދަނީ ކިހާ ދިވެހިންނެއް ކަމެއް އެ އެއާލައިނުން ހާމަކޮށްފައެއް ނުވެއެވެ.

ބިއޯންޑް ޓީމާ ގުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އެއާލައިނުގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާ ގުޅުންހުރި މައުލޫމާތު ލިބެން ހުންނާނެއެވެ. އެ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދި ކުރިމަތިވެސް ލެވޭނެއެެވެ.

ބިއޯންޑުން ބުނެފައިވަނީ ވަޒީފާގެ އިތުރުން އެ އެއާލައިނާ އެކު ކެރިއާ ޑިވެލޮޕްމަންޓަށް ފަހި ފުރުސަތުތައް ލިބޭނެ ކަމަށެވެ. އެގޮތުން ތަމްރީނު ދިނުމާ އެކު، ކެރިއަރު ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންނަށް އޭވިއޭޝަން ދާއިރާއިން ކުރިއެރުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް އެއާލައިނުން ބުނެއެވެ. ބިއޯންޑުން ބުނި ގޮތުގައި އެ އެއާލައިނުގެ ޓީމް މެންބަރުންނަށް ކުރާ މި އިންވެސްޓްމަންޓަކީ ކުންފުނީގެ ކޮލިޓީ އާއި އެކްސެލެންސް އަދި ޕްރިމިއަމް ޓްރެވަލް އެކްސްޕީރިއަންސެއް ފޯރުކޮށްދިނުމުގެ އަސާސްތަކާ އެއްގޮތްވާ އިންވެސްޓްމަންޓެއް ކަމަށް ދެކޭ ކަމުގައެވެ.

ބިއޯންޑުގެ ދަތުރުތައް މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާއިރު، އެ އެއާލައިނަށް މިހާރު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ ކޮންޓިނިން އެއާވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަން (ކެމޯ) ގެ ހުއްދަ ލިބިފައެވެ.

ބިއޮންޑުން ހާމަކޮށްފައިވާ ގޮތުގައި އެއާލައިނުގެ ފުރަތަމަ ހަބަކީ ރާއްޖެއެވެ. ދާދިފަހުން އެއާލައިންގެ މަތިންދާބޯޓެއް ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ޓެސްޓް ދަތުރެއްވެސް ވަނީ ކޮށްފައެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް