ads
ހަންސީ ފްލިކް
ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކިކޮށްފި
ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކޮށްފިއެވެ.

ފްލިކް މަގާމުން ވަކިކުރީ އޭނާ ޖަރުމަނުގެ ޓީމާއި ހަވާލުވި ފަހުން ޓީމުން ނެރެމުން އައި ދަށް ނަތީޖާތަކާއި ގުޅިގެންނެވެ. އެގޮތުން އިއްޔެ ޖަޕާނާއި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުވެސް ޖަރުމަނުން ނިންމާލަން ޖެހުނީ 5-1 ގެ ބައްޔަކުންނެވެ. 

ޖަރުމަނުގެ ޓީމާއި ފްލިކް ހަވާލުވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭގެ ފަހުން ޖަރުމަނު ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ 12 މެޗުންނެވެ. އަދި އެންމެ ފަހުން އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. 

ފްލިކް މަގާމުން ވަކިކުރުމާއެކު އޭނާ ވެފައިވަނީ ޖަރުމަނުން ފުރަތަމަ ފަހަރަށް މަގާމުން ވަކިކުރި ކޯޗަށެވެ. އެއީ 1926 ގައި މި މަގާމު އުފެއްދި ފަހުން ޖަރުމަނުގެ ކޯޗެއް އެޓީމުން ބޭރުކޮށްފައި ނުވާތީއެވެ. 

އޭނާ މަގާމުން ވަކި ކުރުމަށްފަހު ވަގުތީ ގޮތުން ޓީމުގެ ކޯޗުކަން ހަވާލުކޮށްފައިވަނީ ރުޑި ވޮލާއާއެވެ. މިހާރު އުމުރުން 63 އަހަރުގެ ވޮލާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 20004 ވަނަ އަހަރުގެ ނިޔަލަށް ޖަރުމަނު ޓީމަށް އިރުޝާދު ދީފައެވެ. 

މިފަހަރު ޓީމާއި ހަވާލުވުމަށްފަހު ވޮލާގެ އިރުޝާދުގެ ދަށުން ޖަރުމަނަށް ފުރަތަމަ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ފްރާންސާއެވެ. މި މެޗު ތާވަލުކުރެވިފައި އޮތީ އަންނަ އަންގާރަ ދުވަހަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް