ވޯލްޑްކަޕް ފައިނަލް މެޗަށް ފަހު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ޖެނީ ހާމޯސޯ އަށް ރުބިއަލެސް ބޮސް ދިނީ މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ. އެ މައްސަލައާ ގުޅިގެން ސްޕެނިޝް ފެޑެރޭޝަންގެ ރައީސް އެންމެ ފަހުން މަގާމުން އިސްތިއުފާ ދިން އިރު، ޖެނީ ހާމޯސޯ ވަނީ، ރުބިއަލެސް ކުރީ ޖިންސީ ގޯނާކަމަށްބުނެ އެ މައްސަލައިގައި ސްޓޭޓްމެންޓެއް ދީފައެވެ.
މަގާމުން އިސްތިއުފާ ދިން އިރު، ދިމާވި މައްސަލާގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ރުބިއަލެސް ހުރީވެސް ފީފާއިން ސަސްޕެންޑްކޮށްފައެވެ. އެކަމަކު އެއީ ތިން މަހަށް، ފީފާއިން ވަނީ ސަސްޕެންޑްއެކެވެ.
ސްޕެނިޝް ފެޑެރޭޝަންގެ ރައީސްގެ އިތުރުން ރުބިއަލެސް އަކީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގެ އެއް ނައިބު ރައީސެވެ. މި މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ޔޫއެފާގެ މަގާމުން ވެސް އިސްތިއުފާ ދީފަ އެވެ.