ads
ރާއްޖެއަށް އައި ފަތުރުވެރިއަކަށް މަރުހަބާ ކިޔަނީ: މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނުން މައްޗަށް - ފޮޓޯ:މޯލްޑިވްސް އިމިގްރޭޝަން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނުން މައްޗަށް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،254،252 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • މި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 14 އިންސައްތައިގެ އިތުރުވުމެއް
  • މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 1،100،620 ފަތުރުވެރިން

ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 24،171 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،037 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 147،187 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
  • އިންޑިއާ - 138،104 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތަ)
  • ޗައިނާ - 124،549 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.9 އިންސައްތަ)
  • އިނގިރޭސިވިލާތް - 102،253 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.2 އިންސައްތަ)
  • ޖަރުމަނުވިލާތް - 82،734 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.6 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސްވިޒަލޭންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،261 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 14 ހޮޓަލާއި 913 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 62،236 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް