ads
މުބާރާތުގައި ބައިވެރިވުމަށް ރާއްޖެ ޓީމު ފުރުން
ކާވާ ބީޗް މުބާރާތުގައި ބައިވެރިވުމަށް އެޑަމް އާއި ކުޑަކާއްޓެ ފުރައިފި
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރުމަށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ފުރައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ މި މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައެވެ. މިދިޔަ ފަހަރުގެ މުބާރާތުގައި މި ޕެއާއިން ފަސް މެޗެއް ކުޅުނުއިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެމުބާރާތުގައި މި ޕެއާއަށް އިރުޝާދު ދިނީ ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިންއެވެ. 

މިފަހަރުގެ މުބާރާތަށް ޓީމު ބަންގްލަދޭޝްއަށް ފުރާފައިވާއިރު މި ޕެއާއަށް ކޯޗު ކޮށްދިނުމުގައި ހަރަކާތްތެރިވާނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި މުހައްމަދު ރިޝްވާންއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް