ޒުވާނުންގެ ތެރޭގައިގައި 'ޓްރެންޑް' އަކަށްވެފައިވާ ޝީޝާ ގެ ސަބަބުން ޓީބީ ފެތުރެން މަގުފަހިވާކަމަށް ޔޫރަޕިއަން ޖާނަލް އޮފް ކޭސް ރިޕޯޓްސް އިން އިންޓާނަލް މެޑްސިން އިން ހާމަވެއްޖެއެވެ.

Advertisement
ޒުވާނުންގެ ތެރޭގައިގައި 'ޓްރެންޑް' އަކަށްވެފައިވާ ޝީޝާ ގެ ސަބަބުން ޓީބީ ފެތުރެން މަގުފަހިވާކަމަށް ޔޫރަޕިއަން ޖާނަލް އޮފް ކޭސް ރިޕޯޓްސް އިން އިންޓާނަލް މެޑްސިން އިން ހާމަވެއްޖެއެވެ.
އެ ޖާނަލްގައި އާންމުކޮށްގައިވާ ކޭސްއެއްގައި ވާގޮތުން ސުވިޑެންގެ، 20 އަހަރުގެ މީހަކު ކެއްސާއިރު އަނގައިން ލޭ އަންނާތީ ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ޓިބާކްލޯސިސް (ޓީބީ) ޖެހިފައި ހުރިކަން ޑޮކްޓަރުންނަށް އެނގުނެވެ. އޭނާ ޑޮކްޓަރަށް ދެއްކިއިރު ވެސް ތިންމަސް ދުވަސް ވަންދެން މޭގައި ރިއްސައި ގަދައަށް ހުން އައިސްފައިވެއެވެ.
ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިފައިވާކަމަށެވެ.
މިކަން މިހެން ދިމާވީ އެނާ ޝީޝީ ބުއިމުގެ ތެރޭގައި ޓީބީ ޖެހިފައިހުރި އެހެން މީހަކާއެކު ޝީޝާ ބުއިމުންކަމަށް ބެލެވޭކަމަށް ވެސް ވަނީ ބުނެފައެވެ.
ދުންފަތު އިންތިއުމާލު ކުރުމަށް ބޭނުންކުރާ ސިނގިރޭޓަކަށް ވުރެ 10 ގުނައަށް އިތުރުގެއްލުން ޝީޝާގެ ސަބަބުން ވާކަމަށް ދިރާސާތަކުން ދައްކައެވެ.
ގިނަވަތު ދުންފަތުގެ އިސްތިއުމާލުކޮށް ޝީޝާ ބުއިމަކީ ކެންސަރަށް މަގުފަހިވާކަމެކެވެ.