ads
މޯލްޑިވްސް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވުން - ފޮޓޯ:އެމްޓީސީސީ
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެ
މޯލްޑިވްސް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގެ އާރުޓީއެލް ބަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ "ސެޓްފިކެޓް 3 އިން ބަސް އޮޕަރޭޝަންސް" ހާސިލުކޮށްފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުން ކަމަށެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ އިތުރުން ހަޔާ އެޑިއުކޭޝަނާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޓީސީސީން ބުނެއެވެ.

your imageމޯލްޑިވްސް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވުން - ފޮޓޯ:އެމްޓީސީސީ

މޯލްޑިވްސް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުން ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް