ads
ރަސްމުސް ހޮއިލަންޑް ހޯދުމަށް ޔުނައިޓެޑުން 72 މިލިއަން ޕައުންޑް ހަރަދުކޮށްފައިވޭ
އެންމެ އަގުބޮޑު ސްކޮޑެއް އޮތީ ޔުނައިޓެޑްގައި
މިހާރު އެންމެ އަގު ބޮޑު ސްކޮޑެއް އޮތީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގައި ކަމަށް ސީއައިއީއެސް ފުޓްބޯޅަ އޮބްޒާވޭޓަރީން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓު ބުނާ ގޮތުން ޔުނައިޓެޑުގައި މިހާރު އޮތް ސްކޮޑަށް އެކްލަބުން ވަނީ 991.7 މިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. ޔުނައިޓެޑާއި އެންމެ ވާދަކުރަނީ ޗެލްސީއެވެ. ޗެލްސީގެ ސްކޮޑުގެ އަގަކީ 977.9 މިލިއަން ޕައުންޑެވެ. މި ލިސްޓުގެ ތިންވަނާގައި އޮތް ޕީއެސްޖީގެ ސްކޮޑުގެ އަގަކީ 898.5 މިލިއަން ޕައުންޑެވެ. 

މި ރިޕޯޓުގައިވަނީ ވަކިވަކި ޑިޕާޓްމެންޓްތަކުގެ ތަފްސީލަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ޕީއެސްޖީން ވަނީ ފޯވާޑް ލައިނަށް ޔުނައިޓެޑަށްވުރެ ބޮޑަށް ހަރަދުކޮށްފައި ކަމަށް މި ރިޕޯޓުން ދައްކައެވެ. ޔުނައިޓެޑަށްވުރެ ބޮޑު ހަރަެއް ފޯވާޑް ލައިނަށް ކޮށްފައިވަނީ ޕީއެސްޖީން އެކަންޏެވެ.

މީގެ އިތުރުން ޔުނައިޓެޑަށްވުރެ ބޮޑު ހަރަދެއް ގޯލް ކީޕަރުންނަށް ކޮށްފައިވަނީ ވާދަވެރި ލިވަޕޫލުން އެކަންޏެވެ. ޑިފެންސް ލައިނަށް އެންމެ ބޮޑު ހަރަދެއް ޔުނައިޓެޑުން ކޮށްފައިވީ ނަމަވެސް އެޓީމުގެ ޑިފެންސް ލައިނުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެއެވެ. 

މި ސީޒަނަށް އެއް ކުޅުންޔެރިއެއް ހޯދުމަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެޓީމުން ވަނީ ޖޫޑް ބެލިންހަމް ހޯދުމަށް އެކަނި 115 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް