ދިރާގުން ބުނީ ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމްކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށް އަންލިމިޓެޑް ފައިބަ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިހުތިޔާރުކުރެވޭނެ ކަމަށެވެ. އެއީ ފައިބަ 50އެމް އަންލިމިޓެޑް ޕެކޭޖް 1،490 ރުފިޔާއަށް ނުވަތަ ފައިބަ 100އެމް އަންލިމިޓެޑް އެންމެ 2،800 ރުފިޔާއަށް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނެފައިވަނީ މި ޕެކޭޖްތަކުގެ އަންލިމިޓެޑް ޑޭޓާ އެލަވަންސާ އެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގައި އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރެވޭނެ ކަމަށެވެ.
ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބަ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާ އެކު އަޕްގްރޭޑްކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުންޏަށް އާ ކަސްޓަމަރެއްނަމަ މި ލިންކް މެދުވެރިކޮށް އިންޓަނެޓަށް އެޕްލައިކޮށްލެވޭނެ ކަމުގައެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.