ކައިޒީން އޭނާގެ މަންމައާއެކު ގޮސްފައި ވަނީ 'އަލިފުށި' ރިސޯޓަށެވެ.
އޭނާ މަންމައާއެކު އެ ރިސީޓުގަ މަޖާ އުފާވެރި ވަގުތުތަކެއް ހޭދަކޮށް އޭނާގެ ސޯޝަލް މީޑިއާއަށް ވަނީ ބައެއް ފޮޓޯ ވެސް އަޕްލޯޑްކޮށްފައެވެ.
ކައިޒީން އޭނާގެ މަންމައާއެކު ރިސޯޓަށް ގޮސްފައިވާއިރު، ދާދިފަހުން އޭނާ ވަނީ އޭނާގެ ބައްޕައާ ދެކޮޅަށް މައްސަލައެއް ކޯޓަށް ލާފައެވެ.
ނަމަވެސް ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން ވަނީ އަަމުރުކޮށްފައެވެ.
މިއީ ކައިޒީންގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ ސިވިލްކޯޓަށް ހުށަހެޅު މައްސަލާގައި ބައްޕަގެ ގައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން އެ އަމުރު ނުދިނުމުން ހައިކޯޓްގައި އިސްތިއުނާފްކުރި މައްސަލައެކެވެ.
ހައިކޯޓުން އަމުރުކުރީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު ހައިކޯތުން ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފި ނަމަ އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.
ކައިޒީން އޭނާގެ ބައްޕައާއި ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކޯޓު މެދުވެރިކޮށް ހޯދަން އުޅުނު އަމުރަކީ އެ ބޯޓު ގަންނަން ހަރަދު ކުރީ ކައިޒީން ކަމަށް ކަނޑައެޅުމަށާއި ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށް އަދި ބޯޓު ކައިޒީންއާއި ހަވާލު ކުރުމަށް އަމުރުކުރުމަށެވެ.