ads
ދިވެހި ޓީމު - ފޮޓޯ އެމްއޯސީ
އޭޝިއަން ގޭމްސްގައި ނުވަ ކުޅިވަރަކުން ދިވެހިން ބައިވެރިވާނެ
އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.

އޭޝިއަން ގޭމްސް އޮންނާނީ ޗައިނާގެ ހަންގްޒޫގައި މި މަހު 23 އިން އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ. އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން ވާދަކުރަން ނިންމާފައިވާ ނުވަ ކުޅިވަރަކީ އެތުލެޓިކްސް (އަންހެން/ފިރިހެން)، ބެޑްމިންޓަން (އަންހެން/ފިރިހެން)، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ (އަންހެން/ފިރިހެން)، ބީޗްވޮލީބޯޅަ (ފިރިހެން)، ކްރިކެޓް (ފިރިހެން)، އީ-ސްޕޯޓްސް، ޝޫޓިން (އަންހެން/ފިިރިހެން)، ސްވިމިން (އަންހެން/ފިރިހެން) އަދި ޓޭބަލް ޓެނިސް (އަންހެން/ފިރިހެން) އެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ޗައިނާގައި އޭރު ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ.

މި އަހަރުގެ ގޭމްސް ބާއްވަން ނިންމި ތާރީހުގައި ހުރިހާ ކަމެއް ހަމަޖެހިފައިވާއިރު، އެ ގޭމްސް ޕްރޮމޯޓް ކުރުމުގެ އިވެންޓް، "ފަން ރަން" މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ބާއްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް