އުރީދޫ މޯލްޑިވްސްއިން ބުނީ އެ ޕްލޭންތަކަކީ މޮބައިލްއިން ގޭމު ކުޅެލަންވިޔަސް އަދި ސްޓްރީމް ކޮށްލަންވިޔަސް ނުވަތަ އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ، އޮންލައިންކޮށް ހަބަރުތައް ބަލާލާ، ސޯޝަލް މީޑިއާއަށް ވަދެލަން ވިޔަސް ހަމަ ފުރިހަމަ ޕެކޭޖްތަކެއް ކަމަށެވެ. ކޮންމެ ދުވަހަކު ޑޭޓާ އާވެގެން ދާ މި ޕްލޭންތަކާ އެކު މަސް ނިމޭއިރު ޑޭޓާ ހުސްވެގެން އުޅޭކަށެއް ނުޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ އާޗާ 150 އިން ހަތް ދުވަހަށް ދުވާލަކު 1ޖީބީ (150 ރުފިޔާއަށް) ލިބޭއިރު، އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި އާޗާ 750 މެދުވެރިކޮށް 30 ދުވަހަށް ދުވާލަކު 6ޖީބީ ޑޭޓާ (750 ރުފިޔާއަށް) ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި އާޗާ ޕްރިޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާއަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުން ކުރެވޭނެ ޑޭޓާއެއް ކަމުގައެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕްލެޓްފޯމްތަކާއި ނެޓްފްލިކްސް، ސޯޝަލް މީޑިއާގެ އިތުރުން ގޭމް ކުޅުމަށާއި ޑައުންލޯޑްކުރުމަށް އަދި ސްޓްރީމްކުރުމަށްވެސް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް މޫލީ މެދުވެރިކޮށް ނުވަތަ އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާޓްނަ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއް ގަތުމަށްފަހު އުރީދޫ މި ޕެކް އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.