ads
ސްޓެޕް އައްޔަ
ސްޓެޕް އައްޔަގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ)ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ)ގެ ބަންދަށް ޖަހާފައިވާ 15 ދުވަސް މިއަދަށް ހަމަވާތީވެ، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އަނެއްކާވެސް އިތުރު 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ސްޓެޕް އައްޔަ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ފުރަތަމަ ފަހަރަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އަލީ ވަނީ ރަހީނު ކުރުމުގައި އޭނާގެ ބައިވެރިވުން ނޯންނާނެ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އޭނާ ކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އޮފިސަރާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހެއްގެ ކޭޝް ކާޑު، އައްޔަގެ އަތުން ފެނިފައިވާ ކަމަށެވެ. 

ނިމިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ވެސް ފޯޖަރީގެ މައްސަލައެއްގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވެސް ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް