މި ކުޅުންތެރިން ހައްޔަރު ކޮށްފައިވަނީ ކުޑަ ކުއްޖެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކު ކުރި މައްސަލާގައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެކުއްޖާގެ މަންމަ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ޔޫތު އެކަޑަމީ، ރިޒާވް ޓީމް އަދި ތިންވަނަ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ތިން ކުޅުންތެރިންނެވެ.
ނަމަވެސް މި މައްސަލާގައި ރެއާލްގެ ފުރަތަމަ ޓީމު ހިމެނޭ ގޮތަށް އިތުރު ކުޅުންތެރިން ޝާމިލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;