އެޑަމް އާއި ކުޑަކާއްޓޭ، ކާވާ ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ ފައިނަލުން ފުރުސަތު ހޯދީ ބަންގްލަދޭޝް ސީދާ ދެ ސެޓުން ބަލިކޮށްގެނެވެ.
ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ހޮރޯސިތާއި އަހުމަދާ ވާދަކޮށް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ސެޓްތައް ގެންގޮސްފައި ވަނީ 21-19، 27-25 އިންނެވެ. މި މުބާރާތުގެ ޑިފެންޑިންގެ ޗެމްޕިއަން ދިވެހިރާއްޖެ، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅު ވެފަ އެވެ.
ބޫޓާނާއި ބަންގްލަދޭޝް އަދި އިންޑިއާގެ ޕެއާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައި، އިއްޔެ ކުޅުނު ކުއާޓާގައި މޮޅުވީ ބޫޓާންގެ ޕެއާއެއް އަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތް ރާއްޖޭން ކާމިޔާބު ކޮށްފައި ވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.