ads
އިންޑިއާ އަދި ރާއްޖޭގެ ޕެއާ - ފޮޓޯ: ވީއޭއެމް
އިންޑިއާ އަތުން ބަލިވުމުން ރާއްޖެއަށް ރިހިމެޑަލް
މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ މުބާރާތުން ރިހި މެޑަލް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލްގައި ރާއްޖޭގެ ޕެއާއިން ވާދަކުރީ އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާއާއެވެ. މި މެޗު އިންޑިއާގެ ޕެއާއިން ކާމިޔާބުކުރީ 21-19 އަދި 21-14 އިންނެވެ. 

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައެވެ. މިދިޔަ ފަހަރުގެ މުބާރާތުގައި މި ޕެއާއިން ފަސް މެޗެއް ކުޅުނުއިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 

މިފަހަރުގެ މުބާރާތުގައި މި ޕެއާއަށް ކޯޗު ކޮށްދިނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި މުހައްމަދު ރިޝްވާންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް