ads
ރީޖަނަލް ޕޯޓުތަކަށް ކޮންޓެއިނަރު އުފުލާ އަގު އެމްޕީއެލުން ވަނީ ކުޑަކޮށްފައި - ފޮޓޯ:އެމްޕީއެލް
ރީޖަނަލް ޕޯޓުތަކަށް ކޮންޓެއިނަރު އުފުލާ އަގު އެމްޕީއެލުން ކުޑަކޮށްފި
މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުޑަކޮށްފިއެވެ.
Advertisement

އެމްޕީއެލުން ބުނީ މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް މާލީ ލުޔެއް ހޯދާދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެމްޕީއެލުން ބުނެފައިވަނީ ކޮންޓެއިނަރު އުފުލުމާއި ބޭލުމާއި އަދި ޕޯޓުގައި ބެހެއްޓުމުގެ ހިދުމަތަށް ނަގަމުން އައި ހަތަރު ފީ އަކުން 25 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ރީޖަނަލް ޕޯޓުތަަކަށް ޓްރާންސްޝިޕްކުރާ ލޭޑަން ކޮންޓެއިނަރުތަކުގެ ހޭންޑްލިން، ވޯފޭޖް ޗާޖް، އެމްޕްޓީ އަންލޯޑިން ސްޓީވަޑޯރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކޮށްފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ފީ ތައް ކުޑަކޮށް ގެނައި ބަދަލަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

އެމްޕީއެލުން މީގެކުރިން 20 ފޫޓުގެ ކޮންޓެއިނަރެއް ލޯޑު ކުރުމަށް 1،772 ރުފިޔާ ނަަގަމުން އައި ނަމަވެސް ކޮންޓެއިނަރު އުފުލާ އަގަށް ގެނައި ބަދަލާ އެކު، ދެން ނަގާނީ 1،292 ރުފިޔާއެވެ. އަގުތަކަށް ގެނައި ބަދަލާ އެކު، 45 ފޫޓުގެ ކޮންޓެއިނަރެއްގެ ލޯޑިން ފީ އިން ގާތްގަނޑަކަށް 1،200 ރުފިޔާ ވަނީ ކުޑަވެފައެވެ.

އެމްޕީއެލުން ބުނި ގޮތުގައި ރީޖަނަލް ޕޯޓުތަކަށް ކޮންޓެއިނަރު އުފުލާ އަގުތަކަށް ގެނައި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކާއި އަތޮޅުތަކަށް މުދާ ގެންދާ ވިޔަފާރިވެރިން ސަޕްލައިއަށް ކުރާ ހޭދަ ކުޑަވާނެ ކަމުގައެވެ.

ވިޔަފާރިވެރިންނަށް ފަސޭހަ، އަތްފޯރާ ހިދުމަތެއް ދިނުމަށް އެމްޕީއެލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަސޭހައިން މުދާ ބާލައި އުފުލޭނެ ގޮތާ އަދި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ތަފާތު ސަބަބުތަކާ ހުރެ ކްލިއަކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް އެމްޕީއެލުން ވަނީ މިދިޔަ މަހު ހަދާފައެވެ. އެ ކުންފުނިން ބުނީ ސްޓޯރޭޖް ފެސިލިޓީ އާއެކު، ކޮންޓެއިނަރުން އަވަހަށް މުދާ ހުސްކޮށް، ކޮންޓެއިނަރަށް ދައްކަން ޖެހޭ ފީ އިން ސަލާމަތްވާނެ ކަމަށެވެ. އޭގެ އިތުރުން މުދާ ކްލިއަކުރެވެންދެން ވަރަށް ކުޑަ އަގެއްގައި އެ ފެސިލިޓީގައި ބެހެއްޓޭނެ ކަމަަށް އެމްޕީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް