ads
ނިމިދިޔަ އޮގަސްޓް މަހު އެސްޓީއޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް 86،312 ބަސްތާގެ ކާޑު ފޮނުވާފައިވޭ - ފޮޓޯ:އަވަސް
އޮގަސްޓް މަހު އެސްޓީއޯއިން އެކި ސަރަހައްދުތަކަށް 86،312 ބަސްތާގެ ކާޑު ފޮނުވައިފި
މިދިޔަ އޮގަސްޓް މަހު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް 86،312 ބަސްތާގެ ކާޑު ފޮނުވައިފިއެވެ.
Advertisement

މިއީ މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 6،487 ބަސްތާ މަދު އަދަދެކެވެ. މިދިޔަ ޖުލައި މަހު އެ ކުންފުނިން ވަނީ 92،799 ބަސްތާގެ ކާޑު މާލެ ސަރަހައްދާއި އެ ކުންފުނީގެ ހަތް ރީޖަނަލް އެޖެންޓުންގެ އިތުރުން 606 ކާޑު އެޖެންޓުން މެދުވެރިކޮށް ފޯރުކޮށްދީފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ނިމިދިޔަ މަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާޑުގެ ބާވަތްތައް ފޮނުވާފައިވާ ގޮތުގެ ތަފާސް ހިސާބުތައް އެސްޓީއޯއިން ވަނީ އާންމުކޮށްފައެވެ.

އޮގަސްޓް މަހުގެ ތެރޭގައި އެސްޓީއޯއިން ވިއްކާފައިވާ ކާޑުގެ ބާވަތްތައް:

  • ހަނޑޫ - 41،937 ބަސްތާ
  • ހަކުރު - 13،522 ބަސްތާ
  • ގޮދަން ފުށް - 30،853

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހު މާލެ ސަރަހައްދުން 1،500 ފަރާތަކަށް 21،450 ބަސްތާ ހަނޑުލާއި 6،939 ބަސްތާގެ ހަކުރު އަދި 15،256 ބަސްތާގެ ފުށް ފޯރުކޮށްދީފައިވާ ކަމުގައެވެ.

ނިމިދިޔަ މަހު އެ ކުންފުނީގެ ހަތް ރީޖަނަލް އެޖެންޓުން މެދުވެރިކޮށް 4،002 ބަސްތާ ހަނޑުލާއި 1،473 ބަސްތާ ހަކުރުގެ އިތުރުން 3،636 ބަސްތާ ފުށް ފޮނުވާފައިވާ ކަމަށް އެސްޓީއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަތޮޅުތެރެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެސްޓީއޯއިން ފޯރުކޮށްދެމުން ދަނީ އެ ކުންފުނީގެ ކާޑު އެޖެންޓުން މެދުވެރިކޮށެވެ. އެގޮތުން އޮގަސްޓް މަހު އެ ކުންފުނީގެ ކާޑު އެޖެންޓުންގެ ގޮތުގައި ތިބި 587 ފަރާތެއް މެދުވެރިކޮށް ރަށްތަކަށް 16،485 ބަސްތާ ހަނޑޫ، 5،110 ބަސްތާ ހަކުރު އަދި 12،234 ބަސްތާގެ ފުށް ފޮނުވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް