ads
ފަތުރުވެރިންތަކެއް ވީއައިއޭގައި - މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނުން މައްޗަށް ވަނީ އަރާފައި - ފޮޓޯ:އެމްއެމްޕީއާރުސީ
އަހަރުގެ ފަތުރުވެރިކަމުގެ އަމާޒު: ބާކީ ހަ ލައްކަ ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް ވުރެ މައްޗަށް އަރައި ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު ހާސިލުކުރަން ހަ ލައްކަ ފަތުރުވެރިންނަށް ވެއްޖެއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،312،088 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 13.8 އިންސައްތައިގެ އިތުރުވުމެއް
  • މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 1،153،234 ފަތުރުވެރިން

ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 82،007 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 9.9 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 4،989 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 152،967 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
  • އިންޑިއާ - 144،041 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11 އިންސައްތަ)
  • ޗައިނާ - 133،962 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.2 އިންސައްތަ)
  • އިނގިރޭސިވިލާތް - 106،212 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތަ)
  • ޖަރުމަނުވިލާތް - 87،383 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.7 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިންގެ އިތުރުން ސްވިޒަލޭންޑުންނެވެެ.

މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުުރުވެެރިން އަންނާނެ ކަމަށް ބަޖެޓުގައި ލަފާކުރި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،264 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 14 ހޮޓަލާއި 916 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 62،284 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް