މާމިގިނލީ ކައުންސިލުގެ ނައިބް ރައީސް ޝިހާމު މުހައްމަދު ވިދާޅުވީ އެރަށު އާއިލާއެއް ހޯމް އައިސޮލޭޝަންގައި ބެހެއްޓީ އެ އައިލާގެ މީހަކު އިންޑިއާއަށް ދަތުުރުކުރުމުގެ އިތުރުން ވައިރަހަށް ޝައްކުކުރެވޭ އަލާމަތްތަކެެއް ފެނިފައިވާތީ ކަމަށެވެ. އެގޮތުން އެމީހާ، ހުން އައިސް ރޯގާ ޖެހިފައިވާ ކަމަށް ވެސް ޝިހާމު ވިދާޅުވި އެވެ.
އެގޮތުން އެ އާއިލާ ހޯމް އައިސޯލޭޝަންގައި ބެހެއްޓީ ރޭ 6:30 ހާއިރު ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ސަރަަހައްދު މިހާރު ލޮކްޑައުންކޮށް ފުލުހުން ހަރަކާތެރިވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިހާމު ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތް ފެނުނު މީހާ ޓެސްޓު ކުރެވި ސާމްޕަލް ރޭ ވަގުތެއްގައި މާލޭ ފޮނުވާފައިވާ ކަމަށެވެ.