ads
މުއިއްޒު އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން---
ނަޝީދަށް އިންސާފު ހޯދާދޭނީ އަޅުގަނޑުމެންގެ ސަރުކާރުން: މުއިއްޒު
ބޮމެއް ގޮއްވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް އިންސާފު ހޯދައިދޭނީ ވެސް ޕީއެންސީ/ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނޫ އުތުރުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލުސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ މެދުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމުން ވެސް ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ ސަރުކާރުން ސަމާލުކަން ދީފައި ނުވާ ކަމަށެވެ. 

"މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާ، އެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. މި ސަރުކާރުން އެކަމަށްޓަކާ ދޭންވާ ސަމާލުކަން ދީފައެއް ނުވޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީއެންސީ/ޕީޕީއެމާއެކު ވަޑައިގަންނަވަނީ އިންސާފުވެރި ސަރުކާރެއް ގާއިމު ކުރަން ކަމަށާއި، ވަކި މީހަކު ތަފާތު ނުކޮށް އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށެވެ. ރާއްޖެއަށް ހަމަޖެހުން ގެނެވެން އޮތީ ހަގީގީ މާނާގައި އަދުލު އިންސާފު ގާއިމު ކުރެވިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

ރައީސް ނަޝީދު އެޕާޓީއަކަށް މިހާރު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއިން ވެސް ބޮމުގެ ހަމަލާއާއި ގުޅިގެން ސަރުކާރުން އެކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކޮށް ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ. 

2021 ވަނަ އަހަރުގެ މެއި މަހު ރައީސް ނަޝީދު ގެ ކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ހަމައަށް ވަޑައިގަންނަވަނިކޮށް ދިން އެ ހަމަލާއާއި ގުޅިގެން ތަހުގީގުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާ ވެސް ވަނީކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް