ads
ބީއެމްއެލް: ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާއިން ފައިސާ ފޮނުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާއިން ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުން ބުނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:

  • 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
  • 501 – 1،000 ޑޮލަރާ ދެމެދުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް
  • 1،000 ޑޮލަރުން މަތީ ޓްރާންސެކްޝަންތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500 ރުފިޔާގެ ގިފްޓް ކާޑެއް

ބީއެމްއެލުން ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރުގެ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު:

https://www.bankofmaldives.com.mv/send-money-overseas-and-win-big

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް