ads
ރައީސް ސޯލިހު އަދި ރައީސް ނަޝީދު: ފޮޓޯ މަޖިލިސް
ނަޝީދު ވިދާޅުވަނީ ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އެހޭނެ ކަމަށް!
ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް މަޖިލީހަށް ނެގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ކަނޑައެޅުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށެވެ.

.."އެއީކީ [ނިޒާމީ ވޯޓެއް ނެގުން] އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އަދި ކަމަކާއި މެދު ކަމަކާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމުން އެ ވޯޓު ނެގުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެއީކީ އެއްވެސްހާލެއްގަ ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫންކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ދެން އެކަމުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާގައި އާންމު ވޯޓެއް ނެގުމަށް އޭރު ފާސްކޮށްފައިވާ ލިޔުމެއް ވެސް މެމްބަރުންގެ ސަމާލުކަމަށް ގެންނަވައި، އޭރު އިލެކްޝަން ކޮމިޝަނެއް ނެތްކަންވެސް ފާހަގަ ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު އެ މާއްދާއިން މަޖިލީހަށް ލިބިދީފައި އޮތް އިރު އެފަދަ ވޯޓެއް ނެގުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައި އޮތީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ކަމަށެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް މެދުކަނޑައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ އިލްޔާސް ހުށަހެޅުއްވި ގަރާރުގެ ހުރިހާ މަސައްކަތެއް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް