ads
މީގެ ކުރިން އަތުލައިގެންފައިވާ ލަންކާގެ މަސްބޯޓެއް
ލަންކާގެ އިތުރު ބޯޓެއް މަސް ބޯޓެއް ހިފަހައްޓައިފި
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށް ވަދެ ގަވާއިދާ ހިލާފަށް މަސްބާނަން އުޅުނު ލަންކާގެ އިތުރު މަސްބޯޓެއް ހިފަހައްޓައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފް އިން ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، މަސްބާނަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އިއްޔެ ވެސް، ގަވާއިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ، މަސްބާނަމުންދިޔަ ލަންކާގެ ހަތަރު މަސްބޯޓެއް ހިފަހައްޓާފައެވެ. މި ހަތަރު ބޯޓު ހިފަހައްޓާފައި ވަނީ އދ. މަހިބަދޫ އަސުރުމާ މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މި ފަސް ބޯޓޫވެސް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް ހަރަކާތްތެރިވާކަމުގެ މައުލޫމާތު އެންމެ ގިނައިން ލިބެނީ މަހަށްނިކުމެ އުޅޭ މަސްދޯނިފަހަރުތަކުންކަން އެމްއެންޑީއެފުން ފާހަގަކުރައްވާ، އެފަރާތްތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް