އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމާއި، އެ ބޯޓުތައް ހިފެހެއްޓި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
އެ އިދާރާއިން ބުނީ، އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ މަސްވެރިންނަށް ފެނިގެން ރިޕޯޓްކުރާ ބޭރުގެ އެތަައް އުޅަނދެއް އަތުލައިފަ އެވެ.