ads
މުއިއްޒު ކެމްޕޭނުގެ ތެރެއިން---
ކުއްލިއަކަށް މުސާރަބޮޑުކުރީ ސީދާ ނުފޫޒު ފޯރުވަން: މުއިއްޒު
މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ކުއްލިއަކަށް ނިންމި ނިންމުކަކީ ސީދާ އިންތިހާބަށް ނުފޫޒް ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،
Advertisement

ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒިފުންގެ މުސާރަ އަންނަމަހުން ފެށިގެން 30 އިންސައްތަ ބޮޑުކުރަން ސަރުކާރުން މިއަދު ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެތައް މުވައްޒަފުންތަކެއްގެ ޝަކުވާއެއް ކަމަށެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒިފުންގެ މުސާރަ ކުޑަވުމަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިންވެސް އެތަކެއް މުވައްޒިފުންނެއްގެ ޝަކުވާއެއް ކަމަށާއި، އެހެންނަމަވެސް މިހާރުގެ ސަރުކާރުން އެކަމަށް ދިނީ ބީރުކަންފަތެއް ކަމަށެވެ. އަދި މިއަދު ކުއްލިއަކަށް އެމުވައްޒިފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ އިންތިހާބުގެ ދެވަނަބުރުގެ ނަތީޖާއަށް ވިސްނައިގެން މި ސަރުކާރުން ކުރި ކަމެއް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އެކަމަކު، ފުރަތަމަ ބުރުގެ ބައްޔާ އެކު އެ މީހުންގެ މުސާރަ ބޮޑުކުރަން ކުއްލި ގޮތަކަށް އެ ނިންމީ ބަލިވީމާ. ދެ ވަނަ ބުރަށް ސީދާ ނުފޫޒު ފޯރުވަން ކުރާ ކަމެއް އެއީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޓެކްސީތައް ރެޖިސްޓްރީ ކުރަން ބޭނުންވާ ގަރާޖް ސިޓީ އުވާލުމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، ގަރާޖު ސިޓީ ދޫނުކުރަން ކުއްލި ގޮތަކަށް ނިންމުމަށް ވުރެ ބޮޑަށް އެ ކަން ކުރަން ޖެހޭނީ މާލޭގައި އެކަށީގެންވާ ޕާކިން ޖާގަ އިތުރު ކޮށްގެން ކަމަށެވެ. އަދި މިއަދުގެ ނިންމުމާއެކު ދެން ނަތީޖާއަކަށް ވާނީ އެކި ދިމަދިމާލުގައި ޕާކް ކުރުން އިތުރުވެ، މަގުމަތި ތޮއްޖެހުން ކަމަށް ވިދާޅުވި އެވެ.

"ކައުންސިލުން އޮންނާނެ މާލޭގައި ޕާކިން ބިލްޑިންގްތައް އަޅަން ހުރިހާ އިޖުރާއަތުތަކެއް ނިންމާފައި. އެކަން ނުހިފަހައްޓައި ފުރުސަތު ދިން ނަމަ މިހާ ދުވަސް ވީއިރު ޕާކިންގެ މައްސަލަ ވެސް އޮންނާނީ މިހާރަށް ހައްލު ވެފައި. މީގެ ދޮޅު އަހަރު ކުރިއްސުރެ އެކަމާ މާލެ ސިޓީ ކައުންސިލުން މި އުޅެނީ،" މާލޭގެ ޕާކިންގް އާއި ގުޅޭ ގޮތުން ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ސަރުކާރުން ނިންމި ދެ ނިންމުމަކީ މި ފަސް އަހަރުގެ ތެރޭގައި މާ ކުރިން ވެސް ކުރެވެން އޮތް ކަންތައްތައް ކަމަށާއި، އަދި އެއީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެ ދެ ނިންމުން ނިންމެން އޮއްވައި ސަރުކާރުން މިހާރު އެ ކަން ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަދުން ވޯޓު ލިބުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް