ads
ބީއެމްއެލް ކޮމިއުނިޓީ ފަންޑު 2023 ގެ ދެވަނަ ފިޔަވަހީގައި އެހީ ލިބޭ ޕްރޮޖެކްޓްތައް އެ ބޭންކުން ވަނީ ހޮވާފައި - ފޮޓޯ:ބީއެމްއެލް
މި އަހަރުގެ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ފޭސް 2 ގައި އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑު 2023 ގެ ދެވަނަ ފިޔަވަހީގައި އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފިއެވެ.
Advertisement

ބީއެމްއެލުން ބުނީ އެ ބޭންކުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.

އެ ގޮތުން ހޮވުނު ދިހަ ޕްރޮޖެކްޓަކީ: 

  • ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިން ރޫމް، ކ. ހުޅުމާލެ
  • އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ 
  • ސައުންޑް ސިސްޓަމެއް ގާއިމުކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
  • އައުޓްޑޯ ބީޗް ޝަވަ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
  • ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ 
  • ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
  • ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓް، ރ. އަނގޮޅިޓީމު
  • ވިންސިއަ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް - ވިންސިއަ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ 
  • ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކް، ލ. ގަން
  • ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިން ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ 

ބީއެމްއެލުން ބުނެފައިވަނީ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމަށެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައި ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް