
ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވީ ޑރ.މުއިއްޒާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް ހެންވޭރު މެދާއި ހުޅަނގުގައި ދިރިއުޅުއްވާ ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވީ މިއަދު ހަވީރެވެ.
ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް މިއަދު ހިންގެވުމުގެ ހަރަކާތުގެ ތެރެއިން...
ރައީސް އިއްޔެ ވަނީ ހެންވޭރު އުތުރާއި ދެކުނުގެ ބައެއް ގޭގެއަށް، "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގަންނަވައިފައެވެ. ރޭ ރައީސް ބައިވެރިވުމާއިއެކު ވަނީ އެމްޑީޕީގެ ޖަގަހަ ޖަލްސާއެއް މާފަންނުގައި ބާއްވާފަ އެވެ.
ގިނަބަޔަކު ބައިވެރިވި ޖަގަހަ ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަހު 9 ވަނަ ދުވަހު ލިބުނު ނަތީޖާއާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
[ކެމްޕޭނުގައި] އެކި މީހުންނާ ހަވާލު ކުރީ އެކި މަސައްކަތް؛ ރަނގަޅު ނަތީޖާއާ މެދު އޭރު ވަރަށް އުއްމީދު ބޮޑު
އެކަމަކު ދެ ވަނަ ބުރަކަށް ދާން ޖެހުނީ، ކޮންމެވެސް ބަޔަކަށް ކަންތައް ކުރަންވީ ގޮތަށް ނުކުރެވިގެން، ނުވަތަ ފަރުވާ ކުޑަކޮށްލެވިގެން
ނަމަވެސް ރައީސް ވިދާޅުވީ މިއީ ވަކި މީހަކު ޒިންމާވާން ޖެހޭކަމެއް ނޫން ކަމަށެވެ.
ރައީސް ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަނީ