ads
އަކްރަމް
"ގާކޮށްޓާއި އަރަބިއްޔާ ފްލެޓުގެ ކަންތަކުގައި މުއިއްޒު އަމަލުކުރީ ބޭއިންސާފުން"
ގާކޮށްޓާއި އަރަބިއްޔާ ފްލެޓުތަކާ ގުޅިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރެލީއެއްގައި ޑރ. މުއިއްޒު ވަނީ އެ ތަންތަނަށް ދައްކަން ޖެހޭ ކުލީގެ އަދަދު ކުޑަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަތްފޯރާފަށުން މައްޗަށް އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއްގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އެކްސްގައި އަކްރަމް ވިދާޅުވީ އެ އަގުގައި އެތަން ދިނުމަށްފަހު ވަކި ބަޔަކަށް ލޯ އިންޓްރަސްޓް ރޭޓުގައި ލޯނު ހަމަޖައްސައި ދިނީ މުއިއްޒު ކަމަށެވެ.

އެކަމާ ގުޅޭގޮތުން އަކްރަމް "ސީއެންއެމް" އަށް ވިދާޅުވީ ފްލެޓުތަކުގެ އަގުތައް ކަނޑައަޅުއްވާ އެކަން ހިންގެވީ ޑރ. މުއިއްޒު ކަމަށެވެ. އެ ކަންތައް ކުރައްވާފައިވަނީ ވަރަށް ބޭއިންސާފުން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވެފައިވަނީ އޭރު ތިބި މީހުން ބޭނުންވާ ވަކި ބަޔަކަށް އަގުހެޔޮ ލޯނު ހޯދައިދިން ކަމަށާއި ދެން ތިބި މީހުންނަށް ހޯދީ އަގުބޮޑު ލޯނު ކަމަށެވެ.

"ދެން މިހާރު އަގު އެއީ އަގެއް ނޫނޭ އެ ވިދާޅުވާ ވިދާޅުވުން. އެއީ ދެ އަނގައިން ވާހަކަ ދެއްކެވުމޭ އަޅުގަނޑު ދަންނަވާނީ. ރައްޔިތުންނަށް އޮޅުވާލާ، ގުނބޯ ހައްދަނީއޭ. ތިމާ ކުރި ކަމެއް އެ ބުނަނީ މިހާރު ރަނގަޅެއް ނޫނޭ އެ ކަންކަން. އެ އަގެއްގައެއް ނޫނޭ ދޭން ޖެހޭނީ. ހީވަނީ މި ސަރުކާރުން ކުރި ކަމެއްގެ ވާހަކަ ދައްކާހެން. މި ސަރުކާރަކުން ނޫން އެކަން ކުރީކީ،" ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ފްލެޓުތަކުގެ އަގުތައް ކަނޑައަޅުއްވާ އެކަން ހިންގެވީ ޑރ. މުއިއްޒު އިސްވެ ހުންނަވައިގެން ކަމުގައި އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވީމާ އެ ތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން އައިސް ވަރަށް ޝަކުވާ ކުރި ކަމުގައެވެ. ލޯނު ކުޑަކޮށްދިނުމަށާއި އިންޓްރަސްޓް ރޭޓަށް ބަދަލު ގެނެސްދިނުމަށް އެ ފަރާތްތަކުން އެދުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެ ފަރާތްތަކުން އެދުނު ގޮތަށް އެކަން ޕްލޭނިން މިނިސްޓްރީއަށް ކޮންދެވެން ނެތް ކަމަށެވެ. އެކަން ކުރުމަށް ބޭންކާ ވާހަކަ ދެއްކި ނަމަވެސް ބޭންކުން އެކަން ކޮށްދީފައި ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އަގުބޮޑެތި ލޯނު ނަގާފައިވާ ފަރާތްތަކަށް ދެވަނަ ދައުރުގެ ތެރޭގައި އަޅާ ފްލެޓުތަކުން ފްލެޓު ދޭނެ ކަމުގައެވެ. 

އެގޮތުން ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ފަރާތަށް ފްލެޓު ދިނުމަށް ސިޓީ ދީފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް