ads
ހޮންޑޫރާސް ދަތުރު ކުރާއިރު ވިސާ ބޭނުން ނުވާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރަނީ
ވިސާއާ ނުލާ ހޮންޑޫރާސް އަށް ދެވޭ ގޮތް ހަދައިފި
ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ހޮންޑޫރާސް އަށް ދަތުރު ކުރެވޭނެ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. ހޮންޑޫރާސްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާރިޖީ ވަޒީރު އެޑުއާޑޯ އެންރީކޭ ރެއިނާ ގާސިޔާ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަލީލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ހޮންޑޫރާސް ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއިން ހޮންޑޫރާސްއާއެކު ހާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 އޮކްޓޫބަރ 2011 ގައެވެ. މިއަހަރު މި ގުޅުމަށް 12 އަހަރު ފުރިގެންދާނެއެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް