ads
ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން
ރިޔާޒުގެ ތާއީދު ރައީސް ސޯލިހަށް
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ އޭނާއާ ވަރަށް ކުރީއްސުރެ ވެސް ރަހުމަތްތެރި ބޭފުޅެއްކަމަށެވެ. އެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ރައީސް އޭނާގެ ތާއީދަށް އެދިވަޑައިގަތުމުން، ތާއީދުކުރުމަށް ނިންމެވީކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފަރާތުން އެ އެހީއަށް އެދުނީމާ ދެން އެ ގޮތަށް ތާއީދުކުރީ،" މިއީ ނަމެއްގައި ކުރި ތާއީދެއް ނޫންކަން ފާހަގަކުރައްވައި ރިޔާޒްް ވިދާޅުވިއެވެ.

ރިޔާޒްވަނީ ރައްޔިތުންގެ މަޖިލީހުގައި ހާއްސަ މަޖިިލީހުގައާއި، މާލިއްޔަތު ކޮމިޓީއާއި، އެ ނޫން މަސައްކަތްތަކުގައިވެސް ރައީސް ސޯލިހާއެކުގައި މަސައްކަތްކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް